މުލީ އެއަރޕޯޓް ހުޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުއްޔަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު މުއްޔަށް ވަޑައިގަތުމުން އެއަރޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޛިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން މިއަދު މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެއަށްފަހު މުއްޔާއި ނާލާފުށި ގުޅާލާ ކޯސްވޭގެ މަސައްކަތްތައްވެސް ރައީސުލްޖުމްހުރިއްޔާ ފައްޓަވައިދެއްވާނެއެވެ.
މީގެ އިތުރުން އެއަރޕޯޓް ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތްވެސް އެމަނިކުފާނު ފައްޓަވައިދެއްވާނެއެވެ.
މީގެ އިތުރުން މުއްޔާއި ނާލާފުށި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.