ޚަބަރު

ހުމާއި ރޯގާ ފެތުރެމުންދާ މިންވަރު އިތުރުވާތީ ސަމާލުވުން މުހިންމު


  • ހުމާއި ރޯގާ އެކަކުގައިން އަނެކަކުގެ ގަޔަށް ފެތުރެނީ ކެއްސުމާއި، ކިނބިހި އެޅުމުން

  • ބަލީގެ އަލާމާތްތައް ހުރިނަަމަ މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަކީ މުހިންމު ކަމެއް

ވިއްސާރަ މޫސުމަކީ ހުމާއި ރޯގާގެ ބަލިތައްވެސް އަޅުގަނޑުމެންގެ ތެރޭގައި އިތުރުވެގެންދާ ދުވަސްވަރެކެވެ. ވަކިން ޚާއްސަކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ހުމާއި ރޯގާއިން ރައްކާތެރިވުމަށް ސަމާލުވާންޖެހެއެވެ. .

ހުމާއި ރޯގާ އެކަކު ގައިން އަނެކަކުގެ ގަޔަށް ފެތުރެނީ ކެއްސުމާއި، ކިނބިހި އެޅުމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކު ބޭނުންކުރާ ތަކެތި އެހެން މީހުން ބޭނުންކުރުމުންވެސް މި ބަލި ފެތުރިދާނެއެވެ. އެގޮތުން ކުޑަކުދިން، ދުވަސްވީ މީހުން އަދި ދާއިމީ ބައްޔެއް ހުންނަ މީހުންނަކީ މި ބަލި ޖެހިއްޖެ ނަމަ ހާލު ގޯސްވުމުގެ ފުރުޞަތު ބޮޑުކަން ސިއްޙީ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

ރަނގަޅު ކާނާ ކެއުމާއި، ފެންބުއިން އިތުރުކުރުމާއި، އެކަށީގެންވާ ވަރަށް ނިދުން ފަދަ ކަންކަމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވާނެ ކަންކަމެވެ. އެހެން ކަމުން ދިފާޢީ ނިޒާމު ވަރުގަދަކޮށް ހުރުމަކީ ބަލިތަކުން ފަސޭހަވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅެވެ.

ބަލީގެ އަލާމާތްތައް:

* ހުންއައުން
* ކެއްސުން
* ނޭވާލުމަށް އުނދަގޫވުން
* ގައިގައި ރިއްސުން
* ވަރުބަލިވުން

މިފަދަ އަލާމާތްތައް ހުރިނަމަ ގޭގައި މަޑުކޮށް، ބޭސްފަރުވާ ހޯދުމަކީ މުހިންމު ކަމަކެވެ. އަދި މިފަދަ އަލާމާތްތައް ހުރިނަމަ މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަކީ މުހިންމު ކަމެކެވެ. ޚާއްސަކޮށް ކުދަކުދިން ސުކޫލް އަށް ފޮނުވާއިރު މިފަދަ އެއްވެސް އަލާމާތެއް ހުރިނަމަ އެ ކުއްޖާ ސުކޫލަށް ނުފޮނުވުމަކީ ވެސް މުހިންމު ކަމެކެވެ.

ބަލިން ރައްކާތެރި ވުމަށް އަޅަންޖެހޭ ފިޔަވަޅުތައް:

* އަތް ދޮވުން
* މާސްކު އެޅުން
* ގައިދުރުކުރުން
* އަލާމާތްތައް ހުރިނަމަ ގޭގައި މަޑުކުރުން

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ ދުވަސްވަރު ކަމުން، މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ވެސް ސަމާލު ވާންޖެހެއެވެ. ރޯގައި އާއި ހުމުގެ އިތުރުން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައްވެސް ގިނަކަން ފާހަގަވެއެވެ. އެހެން ކަމުން ހުރިހާ ބޭފުޅުން ސިއްޙީ މާހިރުންގެ އަޑު އައްސަވާ އެގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމަކެވެ.