ޚަބަރު

ވެލިގާ ހާޑްވެއަރގެ ހާޑްވެއަރ ޕާޓްނަރަކަށް ޕީއެސްއެމް


  • ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީން

  • ވެލިގާ ހާޑްވެއަރގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިއުފާއު ޢަބްދުﷲ

ވެލިގާ ހާޑްވެއަރގެ ހާޑްވެއަރ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ޕީއެެސްއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީން ރަޝީދެވެ. ވެލިގާ ހާޑްވެއަރގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިއުފާޢު ޢަބްދުﷲއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވެލިގާ ހާޑްވެއަރގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިއުފާޢު ޢަބްދުﷲ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެފަރާތަށްވެސް ގިނަ ފައިދާތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

" ވެލިގާ ހާޑްވެއަރ އާއި ޕީއެސްއެމްއާއެކީގައި ސޮއިކުރެވިގެން މިދިޔައީ ވެލިގާ ހާޑްވެއަރއިން ވިއްކާ އައިޓަމްތަކުން ޕީއެސްއެމުން ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން. މި އެގްރީމެންޓުގެ ދަށުން މިއަހަރަށް އަޅުގަނޑުމެންގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ޕީއެސްއެމަށް ކޮށްދޭގޮތަށް މިއެގްރީމެންޓް ބޮޑަށް ހެދިގެންދިޔައީ. ދެން ހަމަ މި ދެފަރާތަށްވެސް ވަރަށް ފައިދާވެގެންދާނެ އެގްރީމެންޓެއްކަމަށް އުއްމީދުކުރަނީ". ވެލިގާ ހާޑްވެއަރގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިއުފާޢު ޢަބްދުﷲ ވިދާޅުވިއެވެ.

އެއްއަހަރުގެ ދުވަހުގެ މުއްދަތަށް ޤާއިމްކުރި މިއެއްބަސްވުމުގެ ދަށުން ޕީއެސްއެމުން ބޭނުންވާ އެކި ކަންކަމަށް ވެލިގާ ހާޑްވެއަރއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.