ތާރުއެޅުމަށް ބޭނުންވާ މެޝިނަރީޒް އާރުޑީސީއަށް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައްޠަލިބު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު މުއްޠަލިބް ވިދާޅުވީ އާރުޑީސީ އަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދާ އަދި އެކަމުގެ ފަންނީ ޤާބިލްކަން ހުރި ކުންފުންޏެއްކަމަށެވެ. އެހެންނަމަވެސް ތާރު އެޅުމުގެ މަސައްކަތަށް މެޝިނަރީޒްގެ ދަތިކަމާއެކު މިހާތަނަށް ކޮށްފައިވަނީ ސަބް ކޮންޓްރެކްޓްކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ތާރުއެޅުމަށް ބޭނުންވާ މެޝިނަރީޒް އާރުޑީސީއަށް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އާރުޑީސީ އަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދާ އަދި އެކަމުގެ ފަންނީ ޤާބިލްކަން ހުރި ކުންފުންޏެއް. އެހެން ނަމަވެސް ތާރު އެޅުމުގެ މަސައްކަތް މެޝިނަރީޒްގެ ދަތިކަމާއެކު މިހާތަނަށް ކޮށްފައިވަނީ ސަބް ކޮންޓްރެކްޓްކޮށްގެން. ސަރުކާރުން މަސައްކަތް ކުރަނީ… https://t.co/hBWbw6dFx2
— Abdulla Muththalib (@muththo) May 12, 2025
ނިމިދިޔަ ސަރުކާރުން ވަނީ ރައްޖޭގެ އެކި ސަރަޙައްދުތަކުގައި މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހަމަވާލުކޮށްފައެވެ. އެހެންނަމަވެސް އޭގެ ތެރެއިން ބައެއް ރަށްރަށުގައި މަސައްކަތް ފަށާ ކުރިއަށ ްނުގޮސް ދިގުލައިގެން ގޮސް ހުއްޓެވެ. ބައެއް ރަށްތަކުގައި ހޮޅިވަޅުލަން މަގުތައް ކޮނެ ބޮޑެތި ފަސް ފުނި ޖަހާ ހިސާބުން ވެސް މަސައްކަތް މެދުކެނޑިފައި ހުއްޓެވެ. ނަމަވެސް މި ސަރުކާރ ހަވާލުވުމަށްފަހު ހުއްޓިފައި ހުރި ގިނަ ރަށްރަސުގެ މަގު ހެދުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ.