އިންޑިއާގެ ޑިފެންސް ސެކްރެޓަރީ މިސްޓަރ ޖީ މޯހަން ކުމާރު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައ ބޭއްވި މި ބައްދަލުވުމުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޑިފެންސް ޓޯކްސްއާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޙާމިދު ޝަފީޤާއި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އާއެކު ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބައެއް ބޭފުޅުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ އަކިލޭޝް މިޝްރާގެ އިތުރުން ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަޝާންތް ހާނޑޫ ވަނީ ބައިވެރިވެވަޑައިގެންފައެވެ.