ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ބާސެލޯނާ އާއި އާސެނަލް


އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ބާސެލޯނާ އާއި އާސެނަލް ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ކުޅޭ ޔޫރަޕުގެ އެންމެ ޝަރަފުވެރި އަންހެން ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ. ފައިނަލް ކުޅެން ހަމަޖައްސާފައިވަނީ ޕޯޗުގަލްގަ އެވެ.

މި ދެ ޓީމުގެ ތެރެއިން ބާސެލޯނާ އަކީ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަނުންނެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ޗެލްސީ 8-2އިން ބަލިކޮށްފަ އެވެ. މިއީ އަމިއްލަ ދަނޑުގަ އާއި ޗެލްސީގެ ދަނޑުގައި ވެސް ކުޅުނު މެޗު ވެސް 4-1އިން ކާމިޔާބުކޮށްގެންނެވެ.

އާސެނަލް ފައިނަލަށް ދަތުރުކުރީ ފްރާންސްގެ ލިއޯން 5-3އިން ބަލިކޮށްފަ އެވެ. މި ދެ ޓީމު ލިއޯންގެ ދަނޑުގައި އޭޕްރީލް 19 ވަނަ ދުވަހު ކުޅުނު މެޗު ލިއޯން ކާމިޔާބު ކުރީ 2-1އިންނެވެ. ނަމަވެސް އަށް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ލިއޯން ފައިނަލަށް ނުގޮސް ކެޓީ އާސެނަލްގެ ދަނޑުގައި އިއްޔެ ރޭ 4-1 އިން ބަލިވުމުންނެވެ.

އާސެނަލް އާއި ބާސެލޯނާ ފައިނަލަށް ދަތުރުކޮށްފައިވާއިރު ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބުގެ މަގާމު މިދިޔަ ދެ އަހަރު ވެސް ހޯދި ކުލަބެވެ. އަދި މިދިޔަ ދެ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައިޓާނާ ބޮންމާޓީ އަކީ ވެސް ބާސެލޯނާގެ ކުޅުންތެރިއެކެވެ. އަދި އޭގެ ކުރީ ދެ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބާސެލޯނާގެ ކެޕްޓަން އެލެޒިއާ ޕުޓެޔާސް އެވެ.

މި ދެ ޓީމު ކުރެ ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 2021 އާއި 2023 އަދި 2024ގަ އެވެ. މިހެންވެ މި ފަހަރު ތަށި ލިބިއްޖެނަމަ އެމީހުންނަށް ވިދިވިދިގެން ތިން ވަނަ ފަހަރަށް ތަށި ލިބޭނެ އެވެ. އާސެނަލް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2009 ވަނަ އަހަރު އެވެ.