ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 54 އަހަރުގެ ޖަލު ޙުކުމެއް


  • ފިރިހެން މީހާ ބަންދުގައި ހުންނަތާ 3 އަހަރު ވަނީ ވެފައި

  • އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގިކަމަށް ވަނީ ސާބިތުވެފައި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކަށް ގޯނާ ކުރި މައްސަލައެއްގައި މި މަހުގެ 21 ވަނަ ދުވަހު ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާ ހައްޔަރުކުރީ އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެންނެވެ.

އެ މީހާ ބަންދުގައި ހުންނަތާ 3 އަހަރު ވަނީ ވެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު 54 އަހަރުގެ ހުކުމުން އުނިކުރާ ގޮތަށެވެ. މިއާއެކު އޭނާ އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލައާ ގުޅިގެން ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ 2022ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.

މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހުއެވެ.