ޚަބަރު

ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ބާރންލީ އަލުން ޕްރިމިއާ ލީގަށް


އިނގިރޭސި ޗެމްޕިއަންޝިޕްގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ބާރންލީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބާރންލީ މޮޅުވި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މި މެޗުން ބާރންލީ މޮޅުވުވުމާއިއެކު އެ ޓީމަށް ވަނީ ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅުނު 44 މެޗުން 94 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލީޑްސް ޔުނައިޓެޑަށް ވެސް ވަނީ 44 ޕޮއިންޓު ލިބިފަ އެވެ.

ޖުމްލަ 24 ޓީމު ވާދަކުރާ ޗެމްޕިއަންޝިޕްގެ ގަދަ ދެ ޓީމަށް ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ލިބިގެންދާއިރު ތިން ވަނަ އާއި ހަ ވަނަ އާއި ދެމެދުގެ ޓީމުތަކަށް ޖެހޭނީ ޕްލޭ އޮފް މެޗުތަކެއް ކުޅުމަށެވެ.

މީގެ ކުރިންވެސް ޕްރިމިއާ ލީގުގައި ވާދަކޮށްފައިވާ ބާރންލީ އިން މި މެޗުގައި ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޯޝް ބްރައުންހިލް އެވެ.

މިމެޗުން ބާރންލީ މޮޅުވެ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައިވާއިރު އެ ޓީމުން ވަނީ ޗެމްޕިއަންޝިޕުގައި ބަލިނުވެ 31 މެޗު ހަމަކޮށްފަ އެވެ. މިއީ ބާރންލީގެ 104 އަހަރުގެ ދިގު ތާރީޚުގައިވެސް އެ ޓީމަށް މެޗަކުން ބަލިނުވެ ދެމެހެއްޓުނު އެންމެ ދިގު މުއްދަތެވެ.

ޝެފީލްޑް ޔުނައިޓެޑްއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓޮމް ކެނޮން އެވެ.

ބާރންލީގެ ކޯޗު ސްކޮޓް ޕާކާރ މި މެޗަށްފަހު ބުނެފައިވަނީ މި ސީޒަނާއި އެ ޓީމުން ކުރިމަތިލީ އަލުން އަނބުރާ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމުގެ އަޒުމުގައި ކަމަށާއި އަދި އެކަން ހާސިލުވުމުން އެކަމާ އުފާ ކުރާ ކަމަށެވެ.