ޚަބަރު

މިނިސްޓަރ ޒަމީރުގެ ޙާލުކޮޅު މިހާރު އަންނަނީ ރަނގަޅުވަމުން


ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެއްވަން ފެއްޓެވި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ޙާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރަށް ފަރުވާދެއްވަން ފަށްޓަވާފައިވަނީ ރޭގެ ވަގުތެއްގައި ސްރީލަންކާގެ އެއަރޕޯޓުގައި ހުންނަވަނިކޮށް މޭފުޅަށް ތަދެއް އެރުމާ ގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ.

މިނިސްޓަރ ޒަމީރު ސްރީލަންކާ ހޮސްޕިޓަލުން އެންޖީއޯގްރާމް ހައްދާފައިވާ ކަމަށާއި، އައިސީޔޫގައި ފަރުވާދެއްވުމަށްފަހު މިހާރު އޮންނެވީ ޚާއްޞަ ވޯޑްގައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިންފޮރމޭޝަން އޮފިޝަލް ވިދާޅުވިއެވެ.