ބޭރު ޤައުމުތަކުގެ މީހުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހަމަޖައްސައިފިއެވެ.
ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ފަބްރީޒިއޯ ހަމަޖެއްސުމާއި ގުޅިގެން އޭނާ ބުނެފައިވަނީ ރާއްޖެއަކީ ވަރަށް ރީތި ތަނެއްކަމަށާއި، ރާއްޖެއަކީ ބިޒީ ޝެޑިއުލްއިން މީހާއަށް ހަމަޖެހުން ލިބޭނެ މަންޒިލެއްކަމަށެވެ. އަދި ރާއްޖޭގައި ތަޖުރިބާކުރަން އޮތީ ހަމައެކަނި މޫދާއި ގޮނޑުދޮށްތައް ނޫންކަމަަށާއި ރާއްޖެއަކީ އެއަށްވުރެ ގިނަ ކަންތައްތައް ތަޖުރިބާ ކޮށްލެވޭނެ މަންޒިލެއްކަމަށެވެ،
ފަބްރީޒިއޯ ބުނީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޭނާ ހުރީ ކެތްމަދުވެފައިކަމަށެވެ.
🚨 Exciting news! We have partnered with football expert Fabrizio Romano as our new Global Brand Ambassador.
— Visit Maldives (@visitmaldives) March 7, 2025
Get ready for an unforgettable journey to paradise with insider tips and updates! 🇲🇻 #VisitMaldives #FabrizioRomano #MaldivesAmbassador pic.twitter.com/fsknOAb7Gh
ފަބްރީޒިއޯއަކީ ފުޓްބޯޚައިގެ ހަބަރުތައް ގެނެސްދިނުމުގައި އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. ޚާއްސަކޮށް ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރުގެ ޚަބަރުތަކާއި މައުލޫމާތު އޭނާ ދުރާލާ ހިއްސާކުރެއެވެ. އެކަންކަމާއި ގުޅިގެން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެތައް މިލިއަން ބަޔަކު ދަނީ ފޮލޯކުރަމުންނެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް ފަބްރީޒިއޯ ހަމަޖައްސާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.