12 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އިސްމާޢީލް އަޒްމީން އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދު ހޯދައިފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި މިދިޔަ ފެބުރުވަރީ މަހުގެ 18 ދުވަހު ފެށި މި މުބާރާތުގެ ފައިނަލްގައި ހަސަން ނާޒިމް (ނާނަ) އާ ދެކޮޅަށް ކުޅެ އަޒްމީން މެޗު ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 20-7، 25-3 އަދި 17-14 އިންނެވެ.
މި މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ފައިނަލްގައި އައިމިނަތު ވިދާދު ވާދަކުރީ ފާތިމަތު ރަޔާނާއާއެވެ. ވިދާދު އެ މެޗު ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 13-10، 18-17 އަދި 19-12 އިންނެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޓީމުގައި ހިމެނޭ އަޒްމީން އާއި ވިދާދު ހޯދިއިރު، މިދިޔަ އަހަރު ބޭއްވި އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕުވެސް ކާމިޔާބުކޮށްފައިވަނީ އެ ދެ އެތުލީޓުންނެވެ.