ޅެންވެރިންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގުދައްކައިދީ، ދަރިންގެ ކިބައިގަ މަތިވެރި އަޚުލާގު ދިރުވައި އާލާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް އެކަމަށް އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދިވެހި ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހާ ޅެންވެރިންނަށް ހެޔޮއެދުންތައް ފޮނުވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިޒު ވިދާޅުވީ ޅެންވެރިންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކައިދީ، މަތިވެރި އަޚްލާޤު ދިރުވައި އާލާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ދިވެހިބަހުގެ އަދަބިއްޔާތަށް މުއްސަނދިކަމާއި އާރޯކަން ގެނުވައިދޭ، އަދަބިއްޔާތުގެ އެންމެ މުހިންމު ބަހާއަކީ ދިވެހި ޅެންވެރިކަމެވެ. ދިވެހި ޅެންތަކަކީ އޭގައި ފުން އަސަރާއި ފަށުވިކަން އެކުލެވޭ ދިވެހި އަދަބިއްޔާތުގެ ރީތި އުފެއްދުންތަކެކެވެ. ދިވެހި އަދީބުންގެ އުފެއްދުންތެރިކަމާއި މުއްސަނދި ޚިޔާލުތައް ދިވެހި ޅެންތަކުން ފެނެއެވެ.
— Dr Mohamed Muizzu (@MMuizzu) January 15, 2025
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ޅެންވެރީންގެ ދުވަހުގެ ގޮތުގައެވެ. ޅެންވެރީންގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރެވެން ފެށީ 1989 ވަނަ އަހަރުއެވެ.
ކޮންމެ އަހަރެއްގައިވެސް ޅެންވެރީންގެ ދުވަސް ދިވެހި ކުޅާދާނަ ޅެންވެރިއަކަށް ތަޚްސީސް ކުރާއިރު، މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްސީސްކުރެއްވުމަށް ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ މިފަހުން އުފެދުނު ދިވެހި ބަހުގެ އުސްތާޛް، ހ. އާމުލީގެ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤުއަށެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.