މާލޭ މިއަދު ހަވީރު ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޙަމްކޮށްލައިފިއެވެ.
މާލޭ ޖަނަވަރީ މަގުގައި ހިނގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޙަމްވި މީހާއަށް މިހާރު އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި މާރާމާރީގައި ޒަޚަމްވެފައިވަނީ ފިރިހެނަކަށް ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މިއަދު ހަވީރު 4:00 އެހާކަންހާއިރު ހިނގި މި މާރާމާރީއާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.