ނަޞްރުގެ ދުވަހުގެ ތަހުނިޔާ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޣައްސާން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ހެޔޮ އެދުން ސިފައިން އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ފަޚުރުވެރި ދިވެހި ސިފައިންނަށް އަދި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ.
Nasru ge dhuvahuge heyo edhun, Sifainge emme mathee veriya Raeesul Jumhooriyya @MMuizzu ashaai fakhuruveri dhivehi sifainnashaai lobuvethi dhivehi rayyithunnah aris kuran. 🇲🇻 pic.twitter.com/RNka0WN5Gb
— Mohamed Ghassan Maumoon (@mgmaumoon) November 3, 2024
ނަޞްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ދިވެހި 6 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުން ފާހަގަކުރުމަށެވެ.
މިދުވަހު ދިން ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. މީގެ ތެރޭގައި ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުން ހިމެނެއެވެ.
މިހަމަލާއަށް މިއަހަރު 36 އަހަރު މިވަނީ ވެފައެވެ.