ވިޔަފާރި

މީރާއަށް މިދިޔަ މަހު އާމްދަނީގެގޮތުގައި 1.1 ބިލިއަން ރުފިޔާ


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއަށް މިދިޔަ މަހު އާމްދަނީގެގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެއޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުއާމްދަނީގެގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ މެއިމަހާއި އަޅާބަލާއިރު 19 އިންސައްތަ އިތުރު އަދަދެކެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއްދައުލަތަށް ލިބިފައި ވަނީ ޖީއެސްޓީންނެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 550 މިލިއަން ރުފިޔާ މީރާ އަށް ދައްކާފައިވެއެވެ.މިދިޔަ މަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައި ވަނީ ބޭންކްޕްރޮފިޓް ޓެކްސްއިންނެވެ. ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 311.9 މިލިއަންރުފިޔާ މީރާއަށް ދައްކާފައިވެއެވެ.

މިދިޔަ ޖޫންމަހު މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މެއި މަހު ލިބުނުއާމްދަނީއަށް ވުރެ އިތުރުވިއިރު މިއީ މީރާއިން އާމްދަނީގެގޮތުގައި ލިބޭނެކަމަށްލަފާކުރި މިންވަރަށްވުރެ 50 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 32.9 މިލިއަން ރުފިޔާ މީރާއަށްލިބިފައިވެއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީންފެށިގެން މެއި މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.3 ބިލިއަންރުފިޔާއެވެ.