ޒުވާރި ސަލްސާ
ޒުވާރި ސަލްސާއަކީ އާދައިގެ ސެލަޑަކަށްވުރެ ތަފާތު ޑިޝްއެކެވެ. ކޮންމެ އެއްޗަކާޢި އެކުވެސް މި ސެލެޑް ކާލެވިދާނެ މިޑިޝްއަކީ ކާލަން މީރު އަދި ތައްޔާރުކޮށްލަންވެސް ފަސޭހަ އެއްޗެކެވެ. އަނެއްކޮޅުން ޒުވާރިއަކީ ހަށިގަނޑަށްވެސް އެހާމެ ފައިދާ ހުރި އެއްޗެކެވެ.
ބޭނުންވާ ތަކެތި
* ޒުވާރި ( ބޭނުންނަމަ ކޯން ދަޅު ބޭނުން ކުރެވިދާނެ )
* ކޮރިއަންޑަރ ފަތުގެ ބޮޑިއެއްގެ އެއްބައި (ތަނޑި ވަކިކޮށްފައި، ކޮށާފައި)
* 1 ތޮޅި މިރުސް ( ކުދިކޮށް ކޮށާފައި، ބޭނުންނަމަ މިރުސް އިތުރުކުރެވިދާނެ )
* 4 ސްޕްރިންގް އަނިއަން (ކޮށާފައި)
* 3 ދޮން ޓޮމާޓޯ (ކޮށާފައި)
* ލޮނު ( އެމީހަކަށް ހެޔޮވަރުވަރަކަށް )
* 2 ލުނބޯ
* 1 ސައިސަމްސާ އޮލިވް އޮއިލް
ތައްޔާރުކުރާ ގޮތް
ފުރަތަމަ ހޫނު ތާހެއް މަތީ 15 މިނެޓް ނުވަތަ ޒުވާރިތަކުގެ ރީނދޫކުލަ ގަދަވަންދެން ހަނާކޮށްލާށެވެ. ޒުވާރިކޮޅު ހަނާވުމުން ހިހޫކޮށްލުމަށް ބޯތައްޓަކަށް އަޅާލާށެވެ. އެއަށްފަހު ޒުވާރިތަކުގެ ތެރެއަށް ކޮށާފައި ހުރި ކޮރިއަންޑާ ލީފް، މިރުސް އަދި ސްޕްރިންގް އަނިއަން އެއްކޮށްލާށެވެ. އަދި އެއަށްފަހު ކޮށާފައި ހުރި ޓޮމާޓޯތައްވެސް މިއަށް އަޅާލާށެވެ. ހުރިހާ އެއްޗެއް މަޑުމަޑުން އެއްކޮށްލުމަށްފަހު ލޮނާއި ލުނބޯ އަޅާލާފައި އަނެއްކާވެސް ކުޑަކޮށް އެއްކޮށްލާށެވެ. އެއަށްފަހު އެކްސްޓްރާ ވަރޖިން އޮލިވް އޮއިލްކޮޅުވެސް އަޅާލާފައި، މިކްސްކޮށްލާށެވެ. އެހާހިސާބުން ޒުވާރި ސަލްސާ ތައްޔާރުކޮށް ނިމުނީއެވެ.
ޓިޕްސް
މި ޑިޝްއަކީ ފިނިކޮށްވެސް ބޭނުންކުރެވޭނެ ޑިޝްއެކެވެ.