ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި ސްޓްރޯކެއް ޖެހިގެންނެވެ.
ޢަބްދުލްޣަފޫރު އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން ކުރެއްވި، ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެމަރުޙޫމްގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މެންބަރުންގެ ނަންފުޅުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. pic.twitter.com/usWMOcXfZv
— People's Majlis (@mvpeoplesmajlis) October 14, 2024
ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެމަރުޙޫމްގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުންގެ ނަންފުޅުގައި ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.