ޚަބަރު

ސުޕްރީމް ކޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އާންމުނަށް ކޯޓު ހުޅުވާލަނީ


  • މި މަހުގެ 22ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގައި އާންމު ފަރާތްތަަކަށް ކޯޓު ހުޅުވާލާނެ

  • ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ 22 ވަނަ ދުވަހު އެ ކޯޓު އާންމުކޮށް ހުޅުވާލަން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ، އެ ކޯޓަށް 16 އަހަރު ފުރުމާ ގުޅިގެން މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައި އާންމު ފަރާތްތަކަށް ކޯޓު ހުޅުވާލެވޭނެ ކަމަށެވެ. މިގޮތަށް ހުޅުވާލުމުން ކޯޓަށް ޒިޔާރަތްކޮށް، ކޯޓާ ގުޅޭ ކަންކަން ބަލާލެވޭނެ ކަމަށްވެސް އެ ކޯޓުން ވިދާޅުވެއެވެ.

މި އޯޕަންޑޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7258392 އަށް ގުޅައިގެން ނުވަތަ ފޯމު މެދުވެރިކޮށް އޮންލައިންކޮށް މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.


މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވަނީ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރެވެ.

ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެންބަރު 2008 ވަނަ ދުވަހުއެވެ.