ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެކުންފުނިން އެދިއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިފަދަ ކޯލްތައް ކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ޒާތީ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ.
Public Notice: Beware of Fraudulent Calls
— Hussain Fahmy (@HussainFahmy09) September 1, 2024
It has come to our attention that some of our valued customers have been receiving fraudulent calls from individuals pretending to represent State Electric Company Limited (STELCO). These callers are providing false information and may…
ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީ ޙާލަތާގުޅޭ މަޢުލޫމާތެއް ހޯދުމަށް އެކުންފުނިން ފޯނުން ނުގުޅާނެކަމަށެވެ. އަދި އެފަދަ ކޯލެއްކަމަށް ޝައްކުކުރެވޭނަމަ، އަމިއްލަ އެއްވެސް މަޢުލޫމާތެއް އެފަރާތަކާ ހިއްސާނުކުރުމަށްވެސް ފަހުމީ ވަނީ އިލްތިމާސްކުރައްވާފައެވެ.
މިފަދަ އެއްވެސް މުއާމަލާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ސްޓެލްކޯގެ ރަސްމީ ޗެނަލްތަކުގެ ބޭނުން ހިފުމަށްވެސް ކަސްޓަމަރުންގެ ކިބައިން އެކުންފުނިން ވަނީ އެދިފައެވެ.