ޚަބަރު

އިންޑިއާއާއެކު ދިފާޢީ ގުޅުންތައް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


  • އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރި

އިންޑިއާއާއެކު ރާއްޖެއިން ބާއްވާ ދިފާޢީ ގުޅުންތައް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ދިފާއީ ވަޒީރު ޣައްސާން މައުމޫން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ދިފާއީ ވަޒީރު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިފާޢީ އަދި ސަލާމަތީ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ސަރަހައްދީ އަމަން އަމާންކަން ދެމެހެއްޓުމުގައި ދެ ގައުމު އެކުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށެވެ.

ދިފާއީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެންޑީއެފުގެ އިސް އޮފިޝަލުންނާއި އިންޑިއާގެ ޚާރިޖީ ވަޒީރާއާއެކު ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައެވެ.