ކ.ހެލެގެލި ކައިރިން ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ 4 މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ދިޔަވަމުންދަނީ ޅ. އަތޮޅަށް ދަތުރުކުރި "ލޫން 2" ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. އެ ދޯނި ދިޔަވެ، އަޑިއަށްދާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:52 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ދޯނިން ދަތުރުކުރި 4 މީހުން އެމްއެންޑީއެފްގެ ލޯންޗަށް ނަގާފައިވާ ކަމަށާއި މިއެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވިގޮތުގައި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެންކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.