ޚަބަރު

ޕީއެސްއެމް ނިއުސްއަކީ ތާޒާ ޚަބަރާއި ތެދު މަޢުލޫމާތު ފެތުރުމުގައި ނަމޫނާ ޗެނަލެއް: ހަބީބް


  • ހަބީބް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހާއި ގުޅިގެން

  • މުވައްޒަފުންނަށް ވަނީ ތަހުނިޔާ ފޮނުވާފައި

ޕީއެސްއެމް ނިއުސްއަކީ ތާޒާ ޚަބަރާއި ތެދު މަޢުލޫމާތު ފެތުރުމުގައި ނަމޫނާ ޗެނަލެއްކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިއަދު ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުމަށް ކުރެއްވި ޕޯސްޓްގައި އިސްމާއިލް ހަބީބް ވަނީ ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރުއަށާއި ހީވާގި ހުނަރުވެރި ނިއުސް ޓީމުގެ އެންމެހައި މެންބަރުންނަށް އަރިސް ކުރާކަމަށް ވިދާޅުވެފައެވެ.


ހަބީބް ވަނީ 2008 ވަނަ އަހަރުގެ ތެރޭގައި ފެނުނުގޮތަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ތާޒާ މަޢުލޫމާތާއި ޚަބަރު ލިބިގެން ދިޔުމަކީ ވަރަށްބޮޑު އުންމީދެއްކަމަށް ވިދާޅުވެފައެވެ.

ޕީއެސްއެމްގެ ދަށުން ޚަބަރާއި މައުލޫމާތައް ވަކި ޗެނަލްއެއްގެ ގޮތުގައި ޕީއެސްއެމް ނިއުސް އުފެދިގެން އައީ 2017 ވަނަ އަހަރުއެވެ. ޕީއެސްއެމް ނިއުސްއިން 24 ގަޑިއިރު ދަނީ ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް އުފައްދައި ގެނެސްދެމުންނެވެ.