ޚަބަރު

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބުލެޓްތަކެއް ހަށިގަނޑުގައި ފޮރުވައިގެން އުޅުނު މީހަކު އައިސީޔޫގައި


  • ފަރުވާ ދެމުންދަނީ ދިވެހި ފިރިހެނަކަށް

  • މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބުލެޓްތަކެއް ހަށިގަނޑުގެ ތެރޭގައި ފޮތުވައިގެން އުޅުނު މީހެއްގެ ހާލުދެރަވެ ފަރުވާދެމުން ގެންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެމީހާއަކީ ރޭ މާލެތެރޭގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްކަމަށާއި، އެކަމުގެ މަޢުލޫމާތު މިހާރު އޭނާގެ އާއިލާއާ ޙިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން ދާކަމުގައެވެ.