ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްގެ އައު ޗެއަރޕާސަނަކަށް ހުޅުމާލޭ ފްލެޓް ނަންބަރު C1-3-B ޙަސަން ޒަރީރު ޢައްޔަނުކޮށްފިއެވެ.
އޭނާ މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ މިރޭ ބޭއްވި އެ ބޭންކުގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ (އޭޖީއެމް) އަށްފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.
މީގެ އިތުރުން ބީ.އެމް.އެލްގެ ބޯޑުގެ ޑިރެކްޓަރުގެ މަޤާމަށް ސިނަމާލެ 3 04-35 ޢަލީ ފާރިސް މުޙައްމަދު، ވަނީ އޭޖީއެމްގައި ޢައްޔަނުކޮށްފައެވެ. އަލަށް ޢައްޔަންކުރި ދެ ޑިރެކްޓަރުންނާއެކު އެ ބޭންކުގެ ބޯޑު ޑިރެކްޓަރުންގެ އަދަދު މިވަނީ 10 އަކަށް އިތުރުވެފައެވެ.
1. މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
2. ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
3. ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
4. ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
5. ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
6. ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
7. ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
8. އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
9. އަޙްމަދު މުޙައްމަދު، ގ. އުފާ
10. އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
ބީ.އެމް.އެލްގެ އައު ޗެއަރޕާސަނަކަށް ޢައްޔަނުކުރެއްވި ޙަސަން ޒަރީރު މީގެ ކުރިން ވަނީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު އަދާކުރައްވާފައެވެ. އޭނާ ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލަމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައެންސް (ފިނޭންސް) ޙާޞިލުކުރައްވާފައެވެ.