އެސްޓީއޯ މެޑިކަލް ސާވިސަސްއިން ރާއްޖެއަށް ޓްރިސްޓަރ ބްރޭންޑްގެ ޕްރޮޑަކްޓްސް ތައާރަފްކޮށްފިއެވެ.
އެމެރިކާގެ މަޝްހޫރު އަދި އިތުބާރު ހޯދައިފައިވާ މިބްރޭންޑަކީ ހޮސްޕިޓަލާއި ކުލިނިކްތަކައް ޚާއްސަ އަދި ގޭގައިވެސް ބޭނުންކުރެވޭނެެ ޞިއްޙީ ކަންކަން މޮނިޓަރ ކުރާ ވަސީލަތްތައް ހިމެނެއެވެ. މީގެ ތެރޭގައި އަވަސް ފަރުވާދިނުމަށާއި އާދަކޮށް ބަލަހައްޓަންޖެހޭ ޞިއްޙީ ކަންކަމުގެ އިތުރުން ހޯމް ކެއަރ އަދި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ އެކި ކަހަލަ ވަސީލަތްތައް ހިމެނެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތުގައި ޓްރިސްޓަރ ބްރޭންޑް ރާއްޖޭގެ މާކެޓަށް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމާއި އެސްޓީއޯ މެޑިކަލް ސަރވިސަސްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ނިއުޝާދުއެވެ.
އެސްޓީއޯ މެޑިކަލް ސަރވިސަސް އިން އަލަށް ތައާރަފް ކުރެި ވަސީލަތްތަކުގެތެރޭގައި ދިގުމުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ގޭގައި ބޭނުން ކުރެވޭނެ ޚާއްސަ ވަސީލަތްތައް އެކުލެވެއެވެ. މީގެ ތެރޭގައި ލޭގެ ޕްރެޝަރ, ހަކުރު ބަލި، ޕަލްސް އަދި އޮކްސިޖަން ބެލޭނެ ޑިވައިސްތައް ހިމެނެއެވެ. އޭގެ އިތުރުން ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށް ބޭނުން ކުރެވޭނެ ޚާއްސަ އިކުއިޕްމެންޓްސް އާއި އިތުރު ޞިއްޙީ ދުޅަހެޔޮކަން ބެލެހެއްޓުމަށް ބޭނުންކުރާ އަދި ވެއިޓް މެނޭޖްމަންޓާ ގުޅުންހުރި ގިނަ ޕްރޮޑަކްޓްތަކެއް ހިމެނެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ އިތުރުން އެސްޓީއޯގެ މާލެ ސަރަހައްދުތަކުގެ ފާމަސީތަކުން ވެސް ޓްރިސްޓަރ ބްރޭންޑްގެ ވަސީލަތްތަށް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެއެވެ. އަމާޒަކީ ވީހާވެސް ކުރުމުއްދަތެއްކައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މިވަސީލަތްތައް ފޯރުކޮށްދިނުމެވެ.