ބޭސް ފަރުވާއަށް ރާއްޖޭއިން ބޭރުގައި ތިއްބެވި ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމާާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ނާޒިމް ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަންގަވައިފިއެވެ.
11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ މުހައްމަދު ނާޒިމް މިހާރު ހުންނެވީ ބޭސްފަރުވާ ކުރެއްވުމަށް ސިންގަޕޫރަށް ވަޑައިގެންނެވެ. އަދި އުމުރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަހުމަދު ނާޒިމް ބޭސްފަރުވާއަށްް ސިންގަޕޫރަށް ވަޑާއިގެންނެވިނަމަވެސް އޭނާ އިނގިރޭސިވިލާތަށް ވަޑާއިގެންފައިވާކަމުގެ މައުލޫމާތުލިބި ކަރެކްޝަނަލް ސާރވިސުން އެކަން ގެންދަވަނީ ބައްލަވަމުންނެވެ. img:http://s3.psmnews.mv/images/660x400/7812.jpg|ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް- ފައިލް ފޮޓޯ: ޕީއެސްއެމް
މި ދެބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ ބޭސްފަރުވާގެ ކަންތައްތައް ނުނިމެނީސް އެނބުރި ރާއްޖެ ވަޑައިނުންގަންނަވާނެކަމަށެވެ.
ކަރެކްޝަނުން ވިދާޅުވީ މުޙައްމަދު ނާޒިމާއި އަޙުމަދު ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތްވާހަކަ އެ ދެބޭފުޅުންނަށް އަންގަވާފައިވާނޭކަމަށެވެ. އަދި މިއަދުން ފެށިގެން 48 ގަޑިއިރުގެ ތެރެގައި އެނބުރި ރާއްޖެ ވަޑާއިގަތުމަށް އެ ދެބޭފުޅުންނަށް އަންގަވާފައި ވާނޭކަމަށާއި އެ މުއްދަތުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިނުގެންފިނަމަ އެ ބޭފުޅުން ގެނައުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14594126977609.jpg|ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް - ފޮޓޯ: މަޖިލިސް ފައިލް
ކަރެކްޝަނަލް ސަރވިސް އިން މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ނާޒިމް ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް 2 ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދެއްވާފައިވެއެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސް ފަރުވާއަށް ސިންގަޕޫރަަށް ފުރާފައިވަނީ މިމަހުގެ 11 ވަނަ ދުވަހެވެ. މީގެ އިތުރުން މަކަރާއި ޙީލަތުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނާޒިމު، ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.