ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ އަތޮޅުގެ ފަޅެއްގައި އަޅާފައި އޮތް މަންޓާ އެއަރގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން ސީޕްލޭންގެ ކުރީކޮޅު އެއްކޮންހެން ކަހަލަ ގޮތަކަށް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާލުވެފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަންޓާ އެއަރއިން ބުނީ، މި ޙާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުކަމަށެވެ. އަދި ސީޕްލޭނަށް ގެއްލުން ވެފައިވަނީ ފަޅުގައި އަޅާފައި އޮއްވާ ކަނޑުގަދަވުމުގެ ސަބަބުން ޕްލެޓް ފޯރމުގައި އައްސާފައި އޮތް ވާގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންކަމަށެވެ.
"މިއީ މިދިޔަ ބުދަ ދުވަހު ހިނގި ކަމެއް. ބޯޓް އަޅާފައި އޮތް ޕްލެޓް ފޯރމްއިން ކަނޑައިގެން ގޮސްގެން ބޯޓް ހަލާކުވެފައި ވަނީ. އެއްވެސް ހާލެއްގައި ތަނެއްގައި ޖެހިގެނެއް ނޫން. މި ކަހަލަ ކަންކަން ބައެއް ފަހަރު ދިމާވޭ މަދު މަދުން" މަންޓާއިން ބުންޏެއެވެ.
moosun gose ve Manta Air aircraft akah bodu genlumeh vejje. pic.twitter.com/woKujHI875
— Accidents in Maldives (@AccidentsMV) January 12, 2024
މަންޓާއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށެވެ. އަދި ވިއްސާރައާއި ގަދަވައިގެ ސަބަބުން ހަލާކުވި ބޯޓު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި ދަތުރުކުރާ ކޮޅިިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައިވިއެވެ.