ޚަބަރު

ބާރ 2000ގެ ފިހާރައެއް މާލޭގައި ހުޅުވައިފި


  • މިފިހާރައިން ކޮފީއާއި، ކޮފީއާ ގުޅުންހުރި ސާމާނު ލިބޭނެ

  • ކޮފީގެ އިތުރުންވެސް އެހެން އިތުރު ސާމާނުތައްވެސް ލިބެން ހުރޭ

  • ފިހާރަ ހުންނަނީ ކަލާފާން ސްކޫލް ކަންމަތީގައި

އެޗްއެސްސީ މޯލްޑިވްސްއިން "ބާރ 2000" ގެ ނަމުގައި ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ހެންވޭރު "ހިތްފަހި" އިމާރާތުގައި ހުޅުވި "ބާރ 2000" އަކީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާލޭގައި ހުޅުވި ފުރަތަމަ ފިހާރައެވެ.

މިފިހާރައިން ބާރ 2000 ކޮފީގެ ހުރިހާ ބާވަތަކާއި، ކޮފީ މެޝިންގެ އިތުރުން ކޮފީއާ ގުޅޭ ހުރިހާ ސާމާނެ ލިބޭނެ ކަމަށް އެޗްއެސްސީ މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

ޕީއެސްއމް ނިއުސްއަށް މަޢުލޫމާތުދެމުން "ބާރ 2000"ގެ ސޭލްސް އެގްޒެކެޓިވް އަހްމަދް ނަސީމް ބުނީ މިފިހާރައިން ލިބޭ ތަކެތީގެ ތެރޭގައި ގޭގޭގައި ބޭނުންކުރާ ކުދި ކޮފީ މެޝިނާއި ކެފޭތަކާއި ރެސްޓޯރެންޓްތައް އަދި ރިސޯޓްތަކަށް ޚާއްސަކުރެވިފައިވާ ކޮފީ މެށިންވެސް ހިމެނޭ ކަމަށެވެ. ނަސީމް ބުނީ މިވަގުތު މާލޭގައި ހުރީ "ބާރ 2000"ގެ މިފިހާރަ އެކަނި ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ފިހާރަތައް ހުޅުވޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ މިފިހާރަ އެކަނި މިހިރީ ނަމަވެސް ފިއުޗާގަ އަދި އިތުރު ފިހާރަތަށްވެސް އަންނާނެ." ބާރ2000ގެ ސޭލްސް އެގްޒެކެޓިވް އަހްމަދް ނަސީމް ވިދާޅުވިއެވެ.

ނަސީމް ބުނީ ކޮފީގެ ބާވަތްތަކުގެ އިތުރުން މިފިހާރައިން ވަރަށް ގިނަ އެހެނިހެން ސާމާނުތައްވެސް ލިބެން ހުންނާނެ ކަމަށެވެ. އޭގެތެރޭގައި ޔޫރަޕްގެ މަޝްހޫރު "އިސްކޮން" ބްރޭންޑްގެ ސަން ފްލާވަރ ތެލާއި، އިޓަލީވިލާތުގެ "ސެން މިކެލޭ" ބްރޭންޑްގެ އޮލީވް އޮއިލްގެ ބާވަތްތަކާއި އިޓަލީވިލާތުގެ މަޝްހޫރު "ޑެލޫކާ" ބްރޭންޑްގެ ޕާސްތާގެ ބާވަތްތައް ހިމެނެއެވެ.

މީގެއިތުރުން ބަދިގެތެރެއާއި ގޭތެރެ ސާފްކުރުމަށް ބޭނުންކުރާ އެކިވައްތަރުގެ ޕްރޮޑަކްޓްސް ތަކާއި ޕާފިއުމްސް އާއި ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުވެސް މިފިހާރައިން ލިބެން ހުންނާނެ ކަމަށް ނަސީމް ވަނީ ބުނެފައެވެ.