ޚަބަރު

ފެނުގެ ޕްރެޝަރަށް ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ


މާލޭގެ ބައެއް ގެތަނުގެ މަތީ ފްލޯތަކަށް ޕްރެޝަރުގައި ފެންނުލިބުނު މައްސަލަ މިހާރު ހައްލުވެ، މިހާރު ހުރިހާ ސަރަހައްދުތަކަށް ޕްރެޝަރުގައި ފެންފޯރުކޮށްދެމުންދާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން މިއަދު މީޑިޔާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ޕްރެޝަރުގައި ފެންފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވީ ބޯހޯލް އާއި ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ. މާލޭގެ ބައެއް ސަރަހައްދުތަކަށް ރޭގެ ވަގުތެއްގައި ޕްރެޝަރުގައި ފެންފޯރުކޮށްދިނުމަށްފަހު, އަލުން މިއަދު ހެނދުނުން ފެށިގެން ޕްރެޝަރުގައި ފެންފޯރުކޮށްދެއްމުންދާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ. އަދި މިއަދު ހެނދުނުން ފެށިގެން ފެނުގެ ޕްރެޝަރު މަތިކުރަމުންދާކަމަށާ އެހެންކަމުން މިރެއާ ހަމައަށްދާއިރު ޕްރެޝަރ މަތިކުރެވޭނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މިރެއިން ފެށިގެން ޕްރެޝަރުގައި ފެންފޯރުކޮށްދެއްވަމުން ދިޔަނަމަވެސް އަދި ކުރިޔަށްއޮތް ދެދުވަހު ދަންވަރު ގަޑިއަށް ފެނުގެ ޕްރެޝަރ ކޮންމެވެސް ވަރަކަށް ދަށްކުރެވޭނެކަމަށެވެ. އިއްޔެ ބައެއްސަރަހަދުތަކަށް ޕްރެޝަރުގައި ފެންނުލިބުމުގެ މައްސަލަ ދިމާވުމުން ބައެއް ފަރާތްތަކުން އެކަން ހިނގާދިޔަ ގޮތާއި ޚިލާފަށް ވާހަކަތައް ފަރުރާފައިވާތީ އެމްޑަބްލިއުއެސްސީން އެކަންވަނީ ކުށްވެރިކުރައްވާފައެވެ.