ދުނިޔެ

ދެކުނު ކޮރެޔާގެ ރައީސް ވޮޝިންޓަނަށް ވަޑައިގެންފި


އެމެރިކާގައި ބުރާސްފަތި ދުވަހު ފެށޭ ނިއުކްލިޔަރ ސަލާމަތާބެހޭ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ދެކުނު ކޮރެޔާގެ ރައީސާ ޕާކް ގެއުންހައި ވޮޝިންޓަނަށް ވަޑައިގެންފިއެވެ.

ދެކުނު ކޮރެޔާއަކީ ނިއުކްލިޔަރ ހަތިޔާރު އުފައްދާ ޤައުމަކަށް ނުވިނަމަވެސް އަވަށްޓެރި އުތުރުކޮރެޔާއަކީ ނިއުކްލިޔަރ ބާރަކަށްވާތީ އުތުރުކޮރެޔާގެ ނިއުކްލިޔަރ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާކަމަށް ދެކުނު ކޮރެޔާ ބުނެއެވެ. އަދި ދެކުނު ކޮރެޔާގެ ބިމުގައި އެމެރިކާއިން ނިއުކްލިޔަރ ހަތިޔާރު ސިއްރިޔާތުގައި ރައްކާކޮށްފައިވާ ކަމަށް އުތުރުކޮރެޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

ވޮޝިންޓަންގައި ފެށޭ ނިއުކްލިޔަރ ސަމިޓްގެ އަރިމަތީގައި ދެކުނު ކޮރެޔާގެ ރައީސާ ޕާކް ގެއުން ހައި ބައްދަލުކުރައްވާނެކަމަށް ދެކުނު ކޮރެޔާގެ މީޑިޔާ ބުނެއެވެ.