ދުނިޔެ

ޗައިނާގެ ރައީސާއި އެމެރިކާގެ ރައީސް ބައްދަލުކުރައްވަނީ


އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީޖިންޕިން އާ ރައީސް ބަރަކް އޮބާމާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ދެލީޑަރުން ބައްދަލުކުރައްވާނީ ވޮޝިންޓަންގައި ފެށޭ ނިއުކްލިޔަރ ސަލާމަތާބެހޭ ސަމިޓްގެ އަރިމަތީގައި ކަމަށެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ބަރަކް އޮބާމާ އާއި ރައީސް ޝީޖިންޕިން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ އުތުރުކޮރެޔާގެ މައްސަލައާބެހޭގޮތުން ކަމަށްވެސް ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވިއެވެ.

އެމެރިކާގައި ބުރާސްފަތި ދުވަހު ފެށޭ ނިއުކްލިޔަރ ސަލާމަތާބެހޭ ސަމިޓްގައި ބައިވެރި ވަޑައިގަތުމަށްޓަކައި ޗައިނާގެ ރައީސް ޝީޖިންޕިން ބުދަދުވަހުވަނީ އެމެރިކާއަށް ވަޑައިގެންފައެވެ.