ޚަބަރު

ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރަށް ޚިޔާލު ހުށަހަޅަން ހުޅުވާލައިފި


  • ހިޔާލަށް ހުޅުވާލީ ގިނަ ބަޔަކު ޝަކުވާ ހުށައަޅާތީ

  • އީމެއިލާއި ގުޅައިގެންވެސް ހިޔާލު ހުށައެޅޭނެ

ޢާންމުކޮށްފައިވާ ކުޑަކުދިންނަން ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ލިސްޓަކީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް ސީ.އެފް.ޕީ.އެސް އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ލިސްޓެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ލިސްޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއެކު ޑިޖިޓަލައިޒްކޮށް މިހާރު ވަނީ އިފްތިތާހްކޮށްފައެވެ. އެ ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން (ސީއެފްޕީއެސް)ނެވެ.

ސީއެފްޕީއެސްއިން ވިދާޅުވީ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ބައެއް ކަންކަމުގެ މައުލޫމާތު ސާފުކުރުމަށް އެ އިދާރާއަށް ބައެއް ފަރާތްތަކުން ހުށަހަޅަމުންދާތީއެވެ. އެހެންކަމުން މި ދަފްތަރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އީމެއިލް މެދުވެރިކޮށް އަދި އެ އެޖެންސީއަށް ގުޅައިގެންވެސް ޚިޔާލު ހުށަހެޅިދާނެ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން މައުލޫމާތުދެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ލިސްޓު ޑިޖިޓަލައިޒް ކުރުމުގެ މަޤްޞަދަކީ މީގެކުރިން މެނުއަލްކޮށް ބަ؛ަހައްތަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. ހަމައެއާއެކު އާންމުންނަށް ފަސޭހައިން ދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލްވެވޭނެގޮތް ފަހިކޮށްދިނުމަށްކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ޑިޖިޓަލް ދަފްތަރު ލިސްޓުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މަޢުލޫމާތުތަކަކީ ޕީޖީ އޮފީހުން ފޯރުކޮށްދިނުމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ޝާއިޢުކުރާ މަޢުލޫމާތުކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. ހަމައެއާއެކު ޕީ.ޖީ އޮފީހުން ފޯރުކޮށްދޭ މަޢުލޫމާތު ބިނާވާނީ ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަކުރެއެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކުށްވެރިންގެ މަޢުލޫމާތުތަކާއެކު ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ ޖިންސީ އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި ކުރުން މުހިންމު ކަމެއްކަމަށެވެ.