އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކްތެރިވުމަށް 1700 އަށްވުރެ ގިނަ މީހުންގެ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ވޯޓުލާ މަރުކަޒުތަކުގައި، ޕާޓީތަކާއި ކެނޑިޑޭޓުންގެ ފަރާތުން މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި އެޕްލިކޭޝަން ހުށައެޅުމަށް ހުޅުވާލި ފުރުޞަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ޙަބީބު ވިދާޅުވީ ވޯޓުލާ ކޮންމެ މަރުކަޒެއްގައި، ކޮންމެ ޕާޓީއަކުން ނުވަތަ ކޮންމެ ކެނޑިޑޭޓެެއް ފަރާތްޕުޅުން މަންދޫބަކު ބެހެއްޓުމަށް ހުޅުވާލި ފުރުޞަތުގައި 1735 މަންދޫބުންގެ އެޕްލިކޭޝަން ލިބިފައިވާކަމަށެވެ.
އެއީ އެމްޑީޕީން 458 އެޕްލިކޭޝަންއާއި ޖުމްހޫރީ ޕާޓީން 217 އެޕްލިކޭޝަންއާއި ޕީއެންސީން 548 އެޕްލިކޭޝަނާއި އެމްއެންޕީން 271 އެޕްލިކޭޝަންގެ އަދި ދޑިމޮކްރެޓްސްއިން 241 އެޕްލިކޭޝަނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް 4545 މޮނިޓަރުންނާއި 3607 އޮބްޒާވަރުން އަދި 1735 މަންދޫބުންގެ އެޕްލިކޭޝަންއާއެކު ރާއްޖެއިން
ޖުމްލަ 9887 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އަދި އެޕްލިކޭޝަންތަކުގެ ސައްޙަކަން ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ވަރަށްބާރަށް ކުރިޔަށްދާކަމަށްވެސް ކޮމިޝަނުން ވިދާޅުވެއެވެ.
ރިޔާސީ އިންތިޚާބު 2023 ގެ ކޮންމެ ވޯޓުލާ މަރުކަޒެއްގައި، ކޮންމެ ޕާޓީއަކުން ނުވަތަ ކޮންމެ ކެންޑިޑޭޓެެއް ފަރާތްޕުޅުން މަންދޫބަކު ބެހެއްޓުމަށް، އީސީ އިން ހުޅުވާލި ފުރުސަތު 2023 އޮގަސްޓް 17 އަށް ހަމަވިއިރު، 1735 މަންދޫބުންގެ އެޕްލިކޭޝަން އީސީ އަށް ވަނީ ލިބިފައި. އެއީ؛
— Ismail Habeeb (@IsmailHabeeb) August 18, 2023
- އެމް.ޑީ.ޕީ…
އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ކޮންމެ މަރުކަޒެއްގައި، އިންތިހާބު އޮބްޒާވްކޮށް މޮނިޓަރ ކުރުމަށް ގާތްގަނޑަކަށް 14 މީހުން ތިބުމަކީ އިންތިޚާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އަދި މި އިންތިޚާބުގައި އޮބްޒާވްކުރުމުގައި ބޭރުގެ 150 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް ބެލެވޭކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބަކީ މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ރިޔާސީ އިންތިޚާބު ބާއްވަން.ފެށި ފަހުން އެންމެ ގިނަ ކެނޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.