ފެން ބިލްތަކުން ޖުރިމަނާ މަޢާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް މާލޭ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ބުނީ، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ އެ ކުންފުނީގެ ޢަމާޒުކަމަށެވެ.
މިގޮތުން، ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެގޮތުން އެމް.ޑަބްލިޔު.އެސް.ސީން، ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ އިތުރު ޕްރޮގްރާމެއް މިވަނީ ފަށާފައެވެ.
މިޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މަޢާފްކޮށްދޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދައްކާ ޚަލާސްކުރުމަށްފަހު، ޖޫރިމަނާ މަޢާފްކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް އަކުން ކުންފުންޏަށް ހުށައެޅުމުންނެވެ.
މި ފުރުޞަތުގެ ބޭނުން ހިފާ، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސް ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ އެދިފައެވެ. އަދި ކުންފުނީގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކެވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމުގައި އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ. އެމް.ޑަބްލިޔު.އެސް.ސީން ބުނީ މިޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ނަމްބަރ 105 އަށް ގުޅުމުން، ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުވައިގެން ނުވަތަ [email protected] އަށް މެއިލްކުރުމުން ލިބޭނެކަމަށެވެ.
މިފަދަ ޕްރޮގްރާމެއް 2019 ވަނަ އަހަރުވެސް އެމް.ޑަބްލިޔު.އެެސް.ސީން ވަނީ ކުރިއަށްގެންގޮސްފައެވެ.
ޢަރީއަރީ
ދެންބަރާބަރަށް ބިލައްފައިސާ ދައްކާ ފަރާތް ތަކަށް އޮތީ ކޮންކަހަލަ އުފާވެރި ޚަބަރެއްތޯ