އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު މިއަހަރު ބާއްވާ ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފިއެވެ.
ޤާނޫނުގައި ކުރިން އޮތްގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ.
ނަމަވެސް އަންހެނުންގެ ކޮމެޓީގެ ކޯރަމް ހަމަނުވާ ޢަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، ޤާނޫނުގައި އޮންނަ ގޮތުގެ މަތީން އިންތިޚާބުތައް ބާއްވަމުން ދާނެއެވެ. ޤާނޫނަށް ގެނައި އިސްލާހާއެކު މިއަހަރު ބާއްވާ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންސްތައް ބާއްވާނީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.
1. ހދ. ފިނޭ
2. ރ. އަނގޮޅިތީމު
3. ކ. ދިއްފުށި
4. އއ. ފެރިދޫ
5. މ. ވޭވަށް
6. ތ. ގާދިއްފުށި
7. ލ. މާމެންދޫ
8. ގދ. ހޯނޑެއްދޫ
މި އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މިރަށްތަކުގެ އިތުރުން ވޮޓު ފޮށިތައް މާލޭގައި ބަހައްޓާފައިވަނީ އިލެކްޝަންސްގެ އިންތިޚާބީ މައި އިދާރާ ދަރުބާރުގޭގައެވެ.