ޚަބަރު

މިދިޔަ އަހަރު ކުޑަކުދިންނާއި ގުޅޭގޮތުން ހުށައެޅި މައްސަލަތައް


ވޭތުވެދިޔަ އަހަރު ކުޑަކުދިންނާއި ގުޅޭގޮތުން ހުށައެޅި މައްސަލަތަކުގެ ދެބައިކުޅަ އެއްބަޔަކީ ވަކި ހިސާބަކުން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންގެ މައްސަލަތަށްކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު އެކި ކުށް ކޮށްގެން 205 ކުދިންގެ މައްސަލަ ޖުވައިނަލް ޖަސްޓިސް ޔުނިޓަށް ހުށައަޅާފައިވެއެވެ. މިދިޔަ އަހަރު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅީ 205 ކުދިންގެ މައްސަލައެވެ. މީގެތެރެއިން 53 އިންސައްތަ ކުދިންނަކީ ވަކި ހިސާބަކުން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންކަމަށް ޖުވައިނަލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ. 33 އިންސައްތަ ކުދިންނަކީ ސްކޫލްގައި އުޅޭ ކުދިންކަމަށް ތަފާސް ހިސާބްތަކުން ދައްކާއިރު 3 އިންސައްތަ ކުދިންނަކީ އޯލެވެލް ނިންމާފައިވާ ކުދިންނެވެ.

މިއީ 2014 ވަނަ އަހަރާއި އަޅާބަލާއިރު ސްކޫލަށްދާ ކުދިންގެ ތެރެއިން ތަފާތު ކުށްތަކުގައި ހައްޔަރުކުރެވުނު ކުދިންގެ އަދަދަށްވުރެ 17 އިންސައްތަ އިތުރު އަދަދެކެވެ. ޖުވައިނަލް ޖަސްޓިސް ޔުނިޓުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރު އެކި ސަބަބުތަކާއި ހުރެ 109 ކުދިން ކިޔެވުން ހުއްޓާލާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ގްރޭޑް 8 ން، ގްރޭޑް 2 ން އަދި ގްރޭޑް 7ކާއި ހަމައިން ކިޔެވުން ހުއްޓާލާފައިވާ ކުދިންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މިދިޔަ އަހަރު ކިޔެވުން ހުއްޓާލި ގިނަ ކުދިންނަކީ ކިޔަވާހިތްނުވެގެން ކިޔެވުން ހުއްޓާލި ކުދިންނާއި، އަޚްލާޤީ މައްސަލައަކާއި ގުޅިގެން ސްކޫލުން ފިޔަވަޅު އަޅާ ސަސްޕެންޑްކުރުމުގެ ސަބަބުން ކިޔެވުމާއި ވަކިވި ކުދިންކަމަށް ޖުވައިނަލަށް ޖަސްޓިސުން ވިދާޅުވެއެވެ. އަދި މި ސަބަބުތައް ދެނެގަނެފައިވަނީ އެކުދިންނާއި ސުވާލްކޮށް މައުލޫމާތު އެއްކޮށްގެންކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން އަޚްލާޤީ މައްސަލަތަކުގައި ބެލެނިވެރިން ކުދިން އިސްލާޙުކުރުމުގެ ނިޔަތުގައި ސްކޫލުން ކަނޑާލައި އެހެން ސްކޫލަކަށް ވައްދާނަމޭ ބުނެ، ސްކޫލަކަށް ފަހުން ނުފޮނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ. އަދި ގޭތެރޭގެ ޙާލަތާއި، އިޖްތިމާޢީ ޙާލަތާއި ކުށުގެ ވެއްޓަށް ދިއުމުގެ ސަބަބުން ކުދިން ކިޔެވުން ދޫކޮށްލާފައިވާކަންވެސް އެޔުނިޓުން ފާހަގަކުރެއެވެ.