ދުނިޔެ

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް


އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރުމަށް އެމެރިކާ ސަރުކާރުން ނިންމުމުން އެކަމާދެރަވާކަން ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާގެ ރިޔާސީ މަރުކަޒު ކަމަށްވާ ކްރެމްލިން ގެ ތަރުޖަމާން ޑިމިޓްރީ ބިސްކޯފް ވިދާޅުވީ އެމެރިކާގެ މިފިޔަވަޅަކީ ފަހަތަށް އެޅި ފިޔަވަޅެއްކަމަށާ މިކަމުގެ ސަބަބުން މައްސަލަ ޙައްލު ނުވާނެ ކަމަށެވެ. އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ރަޝިޔާއިން ޔުކްރެއިންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމަށް ބުނެ ދެހާސް ތޭރަވަނަ އަހަރެވެ. މީގެތެރޭގައި ހިމެނެނީ އޤްތިޞާދީ އަދި މާލީ ބައެއް ފިޔަވަޅުތަކެވެ. އެއަށްފަހު އެމެރިކާއިން ގެންދަނީ ކޮންމެ އަހަރަކުވެސް މިފިޔަވަޅުތައް އާ ކުރަމުންނެވެ. އެމެރިކާގެ މިފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާއިންވެސްވަނީ އެމެރިކާއާ ދެކޮޅަށް އިޤުތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.