އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ވަރަށް ހޫނުގަދައެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ޢާންމުކުރައްވައިފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 1992 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހަކީ މުޅި އަހަރަށް ބަލާއިރު ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. މިދުވަސްވަރު ވައިމަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައްގުނައެއް މަތިވެއެވެ. އަދި މިއީ އިރުވައި މޫސުމުން ހުނޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުވެސްމެއެވެ.
މެޓް އޮފީހުން ޢާންމުކުރައްވައިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދުވަސްވަރު އެންމެ ހޫނުގަދައީ ހަނިމާދޫ ހިމެނޭ ސަރަޙައްދާއި ކައްދޫ ހިމެނޭ ސަރަޙައްދަށެވެ. މި 2 ސަރަޙައްދަށްވެސް ފިނިހޫނުމިން ހުރީ 32 ޑިގްރީގައެވެ. އަދި އިޙްސާސްކުރެވޭނެ ކަމަށް ލަފާކުރެވޭ ފިނިހޫނުމިން ހުރީ 40.4 ޑިގްރީގައެވެ. ހުޅުމާލޭގައި ފިނިހޫނުމިން ހުރީ 32 ޑިގްރީގައެވެ. އަދި އިޙްސާސްކުރެވޭނެ ކަމަށް ލަފާކުރެވޭ ފިނިހޫނުމިން ހުރީ 39.3 ޑިގްރީގައެވެ. ގަމަށް ފިނިހޫނުމިން 31.8 ޑިގްރީގައި ހުރިއިރު އިޙްސާސްކުރެވޭ ކަމަށް ލަފާކުރެވޭ ފިނިހޫނުމިނަކީ 39.8 ޑިގްރީކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ދުވާލުގެ ވަގުތުތަކުގައި އެންމެ ބޮޑަށް ހޫނުގަދަ ވާނީ މެންދުރު 2 ޖަހާއިރު ކަމަށެވެ. އެހެންކަމުން ހޫނު ގަދަވާ ވަގުތުތަކުގައި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި މެނުވީ ބޭރަށް ނުދިއުމަކީ މުހިންމު ކަމެކެވެ.
* ވަރުދެރަވުން
* އަކުނިވަޔަށްދެމުން
* ބޮލުގައި ރިއްސައި ބޯއެނބުރުން
* ހަށިގަނޑުގައި ފެންމަދުވުން
* ލޮލަށް ލިބޭ ގެއްލުން
* ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން
* ބޭރަށްދާއިރު ކުޑަ ބޭނުންކުރުން
* ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
* ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
* އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
* ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނު ހިއްކި ނަމަވެސް ގިނައިން ފެން ބުއިން
* އަވިއައިނު އެޅުން
* ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން
ހޫނު ގަދަ ވަގުތު ތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެއެވެ. ތުއްތު ކުއްޖާއަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވާންޖެހެއެވެ.