 
										
			ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަޙްމަދު ޤައިސް އައްޔަންކޮށްފިއެވެ. 
ޤައިސް އަކީ މީގެކުރިން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނާއިބު ރައީސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. 
އެޗްޑީސީން ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ގައިސް ޢައްޔަންކުރައްވާފައިވާކަން ކަށަވަރުކޮށްދީފައެވެ.  
ގައިސް މީގެކުރިން އަދާކުރައްވަމުން ގެންދެވި ބޮރޯޑްކާސްޓިންގ ކޮމިޝަނުގެ ނާއިބު ރައީސްކަމުގެ މަޤާމުން އޭނާ އިސްތިއުފާދެއްވީ މިދިޔަ ޖެނުއަރީމަހުގައެވެ. 
ޤައިސްއަކީ އިގިރޭސިވިލާތުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ.