 
					
									
			މާލޭ ފިހާރައެއްގެ ތެރެއަށް ވަދެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ. 
މާލޭގެ ފިހާރައަކަށްވަދެ ހިންގި މިމާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ރެއިން ފެށިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އައިޖީއެމްއެޗްއިން ވިދާޅުވީ އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އަދި އޭނާ އޮތީ މިވަގުތު ވެންޓިލޭޓަރުގައި ކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ. 
އޭނާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލު ފުލުހުންވެސް އަދި ހޮސްޕިޓަލުންވެސް ހާމައެއް ނުކުރެއެވެ.