ޚަބަރު

އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ދިވެއްސަކު ގެންދިޔަ މައްސަލަ ބަލަނީ


އިއްޑިއާގެ ބެންގަލޫރުން ދިވެއްސަކު އެ ޤައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައުލޫމާތެއް ލިބިފައިވާތީ އެމައްސަލަ ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ބެންގަލޫރުގައި ހުރި ދިވެއްސަކު އިއްޔެ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެމައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާކަމަށް ފޮރިން މިނިސްްޓްރީން ވިދާޅުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިޔާއިން ހައްޔަރު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދުއެވެ. އޭނާ ހައްޔަރު ކުރުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޮންކަމާކާއި ގުޅިގެންކަމެއް މިހާތަނަށް ސާފުވާ ގޮތެއް ނުވެއެވެ.