ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބް ސީރީޒް "ފަރްޒީ" ޓީޒާއެއް ދައްކާލައިފިއެވެ. މީގެ ޓީޒާ އާންމުކޮށްފައި ވަނީ ސްޓްރީމިން ޕްލެޓްފޯމް އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ.
"ފަރްޒީ" އަކީ އެމެޒޯން ޕްރައިމުން ދެއްކި އެކްޓަރު މަނޯޖް ބަޖްޕާއީ ލިޑް ރޯލުން ފެނުނު "ދަ ފެމިލީ މޭން" މިހާރު ވަރުން ދަވަނާ އެކީ "ސިޓަޑެލް އިންޑިއާ" ހަދަން ތައްޔާރީތައް ވަމުން އަންނަ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
Naya saal Naya maal ?#Farzi @rajndk @PrimeVideoIN #ArtistTohArtistHotaHai#FarziOnPrime pic.twitter.com/vUHnCPlYQ9
— Shahid Kapoor (@shahidkapoor) January 4, 2023
ބޮޑު ކާސްޓެއް ހިމެނޭ މި ސީރީޒްގެ ޝޫޓިން ނިންމީ މިދިޔަ އަހަރުއެވެ. ޝާހިދު އާޓިސްޓެއްގެ ރޯލުން ފެންނަ "ފަރްޒީ" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ރާޝީ ކަންނާއެވެ.
މިދިޔަ އަހަރު ގެނެސްދިން އަޖޭ ދޭވްގަންގެ ވެބް ސީރީޒް "ރުދުރާ: ދި އެޖް އޮފް ޑާކްނެސް" ގެ ރޯލެއް ވެސް އޭނަ ކުޅުނެވެ. ރާޝީ އަކީ މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ސިދާތު މަލްއުތުރާ އާއި ޑިޝާ ޕަޓާނީގެ ފިލްމު "ޔޯދާ" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.
"ފަރްޒީ" ގެ ކާސްޓްގައި ވިޖޭ ސެތުޕަތީ، ކޭކޭ މެނަން، ރެޖީނާ ކެސަންޑްރާ، ޒާކިރު ހުސައިން، ބޫވަން އަރޯރާ، ކުބްރާ ސައިތު އަދި ކުރީގެ އެކްޓަރު އަމޯލް ޕަލޭކަރް ހިމެނެއެވެ.
ޝާހިދުގެ ފުރަތަމަ ވެބް ސީރީޒް ގެނެސްދޭން ތައްޔާރީތައްވާ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖާޒީ" އެވެ. ޝާހިދު ކުރިއަށް އޮތް ފިލްމަކީ އަލީ އައްބާސް ޒަފަރުގެ "ބްލަޑީ ޑެޑީ" އެވެ.