ޚަބަރު

ވިކާސްގެ ފިލްމެއް އަލިޒޭއަށް


އެކްޓަރު ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

ވިކާސް ފަށަން އުޅޭ މި ފިލްމަކީ 2014 ވަނަ އަހަރު ދެއްކި ފްރާންސް/ބެލްޖިއަމްގެ ކާމިޔާބު ކޮމެޑީ ޑްރާމާ "ލަ ފެމިލީ ބެލިއާ" އަށް ބިނާކޮށް އުފައްދާ އެއްޗެކެވެ. މި ފިލްމުގައި ކިޔައި ދޭނީ އާއިލާއެއްގައި ތިބޭ މަންމަނު އަދި ބީރު ބަޔަކާ އިޝާރާތުގެ ބަހުރުވައިން ވާހަކަ ދައްކަން ޖެހިފައިވާ 16 އަހަރުގެ އަންހެން ކުއްޖެއްގެ ލަވަކިޔުމުގެ ހުނަރު ހުރިކަން އޭނަގެ ޓީޗަރަށް ފާހަގަކުރެވިގެން އެ އެ ކުއްޖާ ލައްވައި އެ ހުނަރު ތަރައްގީކުރުވަން ކުރާ މަސައްކަތެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕީން މޫން އިން ބުނި ގޮތުގައި ވިކާސް މިހާރު އަންނަނީ ފިލްމުގެ ސްކްރީމްޕްލޭގެ މަސައްކަތްކުރަމުންނެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އޭގެ ޝޫޓީން ފަށާނެއެވެ. އިންޑިއަން އޯޑިއަންސް އަށް މި ފިލްމު ގެނެސްދިނުމަށް ވިކާސް މަސައްކަތް ކުރާތާ 6 އަހަރު ވެއްޖެ ކަމަށާއި އިންޑިއަން އޯޑިއަންސަށް ފެތޭ ގޮތަކަށް އޮރިޖިނަލް ފިލްމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވިކާސް ގެނެސްފައިވާ ކަމަށްވެސް ޕީޕީއިން ބުނެއެވެ.

މި ފިލްމުގެ ޕްރޮޑިއުސް ކުރަނީ އަލިޒޭގެ ބައްޕަ އަތުލް އަގްނިއޯތްރީ އާއި "ސިންގަމް"، "ވިކްރަމްވޭދާ" ، "ސޫރިޔަވަންޝީ" އަދި "83" ފަދަ އެތައް ފިލްމެއްގެ ޕްރޮޑިއުސަރު ރިލަޔަންސް އެންޓަޓެއިންމަންޓާއި ގުޅިގެންނެވެ.

ކަންގަނާ ރަނާވަތުގެ "ކްއީން" އާއި ރިތިކް ރޯޝަންގެ "ސުޕަ 30" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮކްޓޯބަރުގައި ރިލީޒްކުރި "ގުޑް ބާއި" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ޖުލައި 21 އަށް ތާވަލުކޮށްފައިވާ ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އެވެ.

އަލިޒޭ އަކީ ސަލްމާންގެ ކޮއްކޮ އަލްވިރާ އަގްނިއޯތުރީ އާއި ކުރީގެ އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު ވިވެކް އަގްނިއޯތުރީގެ ދަރިއެކެވެ. އަލިޒޭ ވަނީ މިދިޔަ އަހަރު ގަހަނާ ބްރޭންޑެއްގެ އިޝްތިހާރެއްވެސް ކުޅެފައެވެ.