ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް


ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަން އިނދަޖައްސާލުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް ރާއްޖޭގެ ފަތުވެރިކަން ދަމަހައްޓައި ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތްތައް ކުރައްވާނެކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވެއްޖެއެވެ.އެމްއްމްޕީއާރުސީން މިހާރު މަސައްކަތްކުރަމުންދަނީ އަންނަ މަހު ޖަރުމަނުވިލާތުގެ ބާރލިންގައި ބާއްވާ ފަތުވެރިކަމުގެ އެންމެ ބޮޑު ފެއަރ އައިޓީބީއަށެވެ. އަންނަ މަހު 9 އިން 13 އަށް ކުރިއަށް ގެންދާ މި ފެއަރގެ، މިއަހަރުގެ ހޯސްޓް ކަންޓްރީއަކީ ދިވެހިރާއްޖެއެވެ.މިފެއަރގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ކަންތައްތަކެއްވަނީ ރާވާފައެވެ. މިއަހަރުގެ ފެއަރގައި ރާއްޖެ އިޝްތިހާރު ކުރުމަށް މީގެ ކުރިން މަސައްކަތްކޮށްފައިނުވާ މިންވަރަށް މަސައްކަތްކުރަން ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއްވައެވެ. އެގޮތުން މީގެ ކުރިން އަހަރުތަކުގައި އައިޓީބީ ފެއަރގައި ރާއްޖެއަށް ލިބޭ ސްޓޭންޑްގެ ބޮޑުމިނަކީ 405 ސްކެއާ މީޓަރުކަމަށާއި ނަމަވެސް ހޮސްޓް ކަރަންޓްރީއަށް ވުމުން މިއަހަރު 600 ސްކެއަރ މީޓަރު ލިބިފައިވާކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން އެޑްވެންޗަރ ޓްއަރިޒަމް ސްޓޭންޑެއްވެސް މިއަހަރުގެ އައިޓީބީ ފެއަރތެރޭގައި ހުންނާނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއްވިއެވެ.ވިޒިޓް މޯލްޑިވްސް ޔިއަރ ކެމްޕެއިންގެ ދަށުން ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އެރުވުމަށް ހިފާފާއިވާ އަމާޒު ހާސިލްކުރުމަށް އައިޓީބީ ފެއަރތެރެއިން  މަސައްކަތްކުރައްވާނެކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދު  ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުވެރިކަން އިނދަޖައްސާލަން ދިވެހިންތަކެއް ކުރަމުންދާ މަސައްކަތްތަކަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާއި ދެކޮޅަށް ތެދުވެ ރާއްޖޭގެ ފަތުވެރިކަން ކުރިއަރުވާ ރާއްޖޭ އިޝްތިހާރުކުރުމުގައި އަތް ގުޅާލުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާރިސްވަނީ ގޮވާލައްވާފައެވެ.މި އަހަރު އައި.ޓީ.ބީގެ ގޯލްޑަން ޖުބްލީ ވެސް ފާހަގަކުރަން ހަަމަޖެހިފައިވާއިރު މިއަހަރުގެ ހޮސްޓްކަންޓްރީއެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިފައި އޮތުމަކީ ރާއްޖޭގެ ފަތުވެރިކަން ދުނިޔޭގެ ލެވެލްގައި އިޝްތިހާރު ކުރުމަށް ލިބިގެންދިޔަ ބޮޑު ފުރުސަތެއްކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.