ދުނިޔެ

އައިއެސްއާއި ދެކޮޅަށް ސައުދީންދޭ ވައިގެ ހަމަލާތައް އިތުރުކުރަނީ


އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވައިގެ މަގުން ދޭ ހަމަލާތަކުގައި ސަޢޫދީ ޢަރަބިޔާގެ ދައުރު ފުޅާކުރުމަށް އެޤައުމުން ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އޭޝްޓަން ކާޓަރ ވިދާޅުވެއްޖެއެވެ.އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ ކޯލިޝަންގެ ބައްދަލުވުމެއްގެ އަރިމަތީގައި ސައޫދީ ވަލީއުލްއަހްދު މުޙައްމަދު ބިން ސަލްމާންއާ ބައްދަލުކުރެއްވުމަށްފަހު ކާޓަރ ވިދާޅުވީ އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ސައޫދީ އަރަބިޔާއާއި ގަލްފުގެ އެހެން ޤައުމުތަކުގެ ދައުރު ފުޅާކުރުމަށް އެޤައުމުތަކުން ހުށަހަޅާ ހުށަހެޅުންތަކަށް އެމެރިކާ މަރްހަބާ ކިޔާ ކަމަށެވެ.ސައޫދީ އަރަބިޔާއަކީ އައިއެސް ޖަމާއަތާ ދެކޮޅަށް އެކުލަވާލާފައިވާ ކޯލިޝަންގެ މެންބަރެކެވެ. ސައޫދީ ސަރުކާރުން ވަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ސޫރިޔާއަށް އެއްޤަމުގެ ސިފައިންގެ ލަޝްކަރެއް ފޮނުވަން ތައްޔާރަށް އޮތްކަންވެސް ދާދިފަހުން ހާމަކޮށްފައެވެ.