ޚަބަރު

އައު އުފެއްދުންތައް ތަޖުރިބާކޮަށްލުމުގެ ފުރުސަތާއެކު، އެސްޓީއޯއިން "މަކިޓާ ނައިޓް"


އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓްކުރާ ޖަޕާނުގެ މަކީޓާ ބްރޭންޑުގެ އާ ޕްރޮޑަކްޓުތަކާއެކު "މަކީޓާ ނައިޓު" ބާއްވައިފިއެވެ.

އެސްޓީއޯގެ މުވައްޒަފުންނާއި މަކިޓާގެ ސަޕްލަޔަރުންނާއި ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވި މިހަފްލާ ބާއްވާފައިވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެއްކަމަށްވާ މަކީޓާ ބްރޭންޑްއިން ވަނީ 1998 ވަނަ އަހަރު އެސްޓީއޯއާ ގުޅި ރާއްޖެއަށް އެބްރޭންޑްގެ ޕްރޮޑްތައް މާކެޓުކުރަން ފަށާފައެވެ.

"މަކީޓާ ނައިޓް"ގެ ނަމުގައި ބޭއްވި ހަފްލާގައި މަކިޓާގެ އާ އުފެއްދުންތައް ދައްކާލާ އެ ތަކެތި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހަފްލާގެ ބައިވެރިންނަށް ވަނީ ހުޅުވާލާފައެވެ.

މިހަފްލާގައި އެސްޓީއޯގެ މާކެޓިން ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލްފައްތާހު ވިދާޅުވީ "މަކިޓާ ނައިޓް"ގެ އެންމެ މުހިންމު މަޤްސަދަކީ މަކިޓާގެ ސަޕްލަޔަރުންނާއި ސްޓޭކްހޯލްޑަރުންނާއެކު އޮންނަ ގުޅުން ބަދަހިކޮށް އެގުޅުން އިތުރަށް ޙަރުދަނާ ކުރުންކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މަކީޓާ ސިންގަޕޯގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯދު ވިދާޅުވީ މަކިޓާ ބްރޭންޑް މިވަރަށް ކުރިއެރުމުގައި ރާއްޖޭގެ ވަރަށް އިސްރޯލެއް އަދާކުރާކަމަށެވެ. ޕްރަމޯދު ވިދާޅުވީ ރާއްޖެއަކީ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ވުމަކީވެސް އެބްރޭންޑް އިތުރަށް ފުޅާވުމަށް ބޮޑު ދައުރެއް އަދާކުރާ ކަމެއްކަމަށެވެ.

މަކީޓާއިން އަލަށް ނެރުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ބެޓެރިން ބޭނުންކުރެވޭ ފެން ހޫނުކުރާ ޖަގާއި، ބްލޫޓޫތު ސްޕީކަރު ފަދަ ތަކެތި ހިމެނެއެވެ. އަދި ގަސް ކޮށާ ކަޓަރާއި، ކަރަންޓު ކީހާއި، ޓިނު ކަޓަރު ފަދަ ތަކެތިވެސް ހިމެނެއެވެ.