ޚަބަރު

އިންޑިއަން ނޭވަލް އެކެޑެމީގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި


އިންޑިއާގެ އިޒްހިމާލާގައި ހުންނަ އިންޑިއަން ނޭވަލް އެކެޑެމީން ހިންގުމަށް ހަމަޖެހިފައިވާ "އިންޑިއަން ނޭވަލް އެކެޑެމީ ކޯސް (އެސްޓީ-2022)" ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.

މިއަހަރުގެ ޑިސެމްބަރު 19އިން 2026 ނޮވެންބަރު 28ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނޭވަލް އެކެޑެމީގައި ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލްއިން މެތަމެޓިކްސް، ފިޒިކްސް އަދި ކެމިސްޓްރީން ދަށްވެގެން "ސީ" ފާސް ލިބިފައިވާ މީހެއްކަމުގައި ވާންޖެހެއެވެ.

އަދި 2022 ޑިސެމްބަރު 19ވަނަ ދުވަހުގެ ނިޔަލަށް މީލާދީ ގޮތުން 23އަހަރު ނުފުރޭ މީހެއް ކަމުގައިވުމާއިއެކު، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި، ހަށިހެޔޮކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެންމެ ޖާގައަކަށެވެ.

ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، މިމަހުގެ 13 \ވަނަ ދުވަހުގެ 12:00ގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގއަށް މެއިލް ([email protected]) ކުރެއްވުމަށް ވަނީ އެދިފައެވެ. ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv) އިން ޑައުންލޯޑު ކުރެވޭނެއެވެ.