ރާއްޖޭގައި ފުރަތަމަ ދޭން ފެށި މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 27 ފަރާތަކަށް ދީފިއެވެ.
މި އެވޯޑްތައް ދީފައިވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.
ދަރުބާރުގޭގައި ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ. މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތަކަކުން ބައިވެރިވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ 6 އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ. އެއީ:
ބެސްޓް ރިސޯޓް: ވަން އެންޑް އޮންލީ ރީތީރަށް
ބެސްޓް ގެސްޓްހައުސް: ސަބާ ސަމަރ ސުއިޓް
ބެސްޓް ސަފާރީ ވެސަލް: ގުރަހަލި ސަފާރީ ބޯޓް
ބެސްޓް ޓްރެވެލް އެޖެންސީ: އިންޓުއަރ މޯލްޑިވްސް
ބެސްޓް ވޯޓަރ ސްޕޯޓް ސެންޓަރ: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
މީގެއިތުރުން ބެސްޓް ޑައިވް ސެންޓަރ: ރަސްދޫ ޑައިވާރސް ކުރަމަތި
މި ޖަލްސާގައި ނައިބު ރައީސް ވެސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ 21 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އޭގެތެރޭގައި ހިމެނެނީ:
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން މި އެވޯޑަކީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދިން އެވޯޑެކެވެ.