މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓާއެކު 17 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް މި ކުއްޖާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އިއްޔެ މެންދުރުފަހު 15:30 ހާއިރު ބުރުޒުމަގު ކޮފީކޯނަރ ކައިރިން ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ގަމީހުގެ ޖީބުން ކަމަށެވެ.މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ކުއްޖާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްތައް އޮންނަ ކުއްޖެއް ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.