ވިޔަފާރި

ފަތުރުވެރިކަމުގެ 25 ދާއިރާއަކުން ރައީސްގެ ޚާއްސަ އެވޯޑް


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" އަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ތަންތަނަށްވެސް ކުރިމަތިލެވޭނެއެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" އަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޓޫރިޒަމް މިނިސްޓްރީންނެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ދިނުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސިނާއަތްތަކަށް މަސައްކަތްކޮށްދީފައިވާ ފަރާތްތަކާއި ތަންތަނުގެ ޚިދުމަތްތައް ފާހަގަކުރުންކަމަށެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" 25 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

* މޮސްޓް އިނޮވޭޓިވް ރިސޯޓް
* މޮސްޓް އިނޮވޭޓިވް ހޮޓެލް
* މޮސްޓް އިނޮވޭޓިވް ސަފާރީ
* މޮސްޓް އިނޮވޭޓިވް ގެސްޓްހައުސް
* ޓޫރިޒަމް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް
* ބެސްޓް ޓްރެވެލް އެޖެންސީ
* އެކްސެލެންސް އިން ސީއެސްއާރު ރިސޯޓް
* އެކްސެލެންސް އިން ސީއެސްއާރު ހޮޓެލް
* އެކްސެލެންސް އިން ސީއެސްއާރު ސަފާރީ
* އެކްސެލެންސް އިން ސީއެސްއާރު ގެސްޓްހައުސް
* އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ރިސޯޓް
* އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ހޮޓެލް
* އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ސަފާރީ
* އެންވަޔަރަމަންޓަލް ސަސްޓެއިނަބިލިޓީ ގެސްޓްހައުސް
* ބެސްޓް ޓޫރިޒަމް ޓްރާންސްޕޯޓް ސަރވިސް (މޫދު)
* ބެސްޓް ޑައިވް ސެންޓަރ – ރިސޯޓް
* ބެސްޓް ޑައިވް ސެންޓަރ – ލޯކަލް އައިލެންޑް
* ވޯޓަރ ސްޕޯޓްސް ސެންޓަރ – ރިސޯޓް
* ވޯޓަރ ސްޕޯޓްސް ސެންޓަރ – ލޯކަލް އައިލެންޑް
* ބެސްޓް ލޯކަލް ޓޫރިޒަމް އައިލެންޑް
* އެންމެ މޮޅު ލޯކަލް އާޓިސްޓް – ޑީޖޭ
* އެންމެ މޮޅު ލޯކަލް އާޓިސްޓް – މިއުޒިކް
* އެންމެ މޮޅު ލޯކަލް އާޓިސްޓް – މިއުޒިކް ބޭންޑް
* އެންމެ މޮޅު ލޯކަލް އާޓިސްޓް – ގްރޫޕް / ބޭންޑް
* 45 އަހަރު ޙިދުމަތް ކޮށްފައިވާ ފަރާތްތައް


މިއެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ވާދަކުރުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއަހަރާއި ގުޅުވައިގެން މިއަހަރު ޓޫރިޒަމް މިނިސްޓްރީން މުޅި އަހަރަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްދީފައިވާ މީހުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.